ބިގް ބޮސްއަށް ދިއުމުގެ ކުރިން ހިނާ ހެޔޮވަރުކުރި ހެދުންތަކުގެ އަދަދުން މީހަކު ހައިރާންވާނެ!

“ޔޭ ރިޝްތާ ހޭ” އިން މަޝްހޫރުކަން ހޯދުމަށްފަހު ބިގް ބޮސް 11 ވަނަ ސީޒަން އިން ފެނިގެން ދިޔަ ހިނާ ޙާން އަކީ މިހާތަނަށް ބިގް ބޮސްގެ ތަރިންގެ ތެރެއިން އެންމެ ނަން ހިންގާލި އެއް ތަރިއެވެ.

ބިގް ބޮސް 11 އަށް ފަހު ގިނަ ބަޔަކު ވަނީ ހިނާ ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލައިގެންފައެވެ. އެކި އެކި ޑިޒައިންތަކުގެ ހެދުން ލުމާއި އަބަދުވެސް އަމިއްލަ މީހާ ދިފާއުކޮށް އަންހެނުން ބާރުވެރިކުރުމަށް އެ ޝޯގައި އަބަދުވެސް އޭނާ ދިޔައީ ގޮވާލަމުންނެވެ. އެގޮތުން އެ ޝޯއިން އޭނާ މަޝްހޫރު ވެފައިވަނީ ވެސް ޝޭރްޙާން ގެ ގޮތުންނެވެ.

މިފަަހަރުގެ ބިގް ބޮސްގެ ޙާއްސަ ތިން މީހެއްގެ ގޮތުން ކުރީ ސީޒަންތަކުގެ 3 ތަރިން ވަނީ 2 ހަފްތާއަށް ގެނެސްފައެވެ. އެގޮތުން ގޯހަރް ޙާން، ސިދާރްތު ޝުކްލާ އަދި ހިނާ ޙާން ހިމެނެއެވެ.

ޝޯގެ ތެރެއިން ހިނާ އާއި ބިގެ ބޮސްގެ މިފަހަރު ބައިވެރިޔެއް ކަމަށްވާ ޖޭސްމިން ބާސިން އާއި ދެމީހުން ވަނީ އެމީހުން ލާ ހެދުމާއި މެދު މަޝްވަރާ ކޮށްފައެވެ. އެގޮތުން ޖޭސްމިން ބިގް ބޮސްއަށް ގެންނާނެ ހެދުން ޙިޔާރުކުރަން ކިހާ ދުވަހެއް ނެގިތޯ ހިނާ ވަނީ ސުވާލުކޮށްފައެވެ. ޖަވާބުގައި ޖޭސްމިން ބުނީ އޭނާއަށް ދިޒައިނާ ހެދުމާއި އެހެނިހެން ތަކެތި ޙިޔާރުކުރަން އެއް މަސް ދުވަސް ނެގި ކަމަށެވެ.

ނަމަވެސް ހިނާ އާއި އެސުވާލު ކުރުމުން އޭނާ ވަނީ ޙައިރާންވާފަދަ ޖަވާބެއް ދީފައެވެ. ހިނާ ބުނީ އޭނާ ޝޯއަށް އައުމަށްޓަކައި ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ހެދުންތައް ހެޔޮވަރުކޮށް ބެލި ކަމަށެވެ. އެގޮތުން 1100 ހެދުން އޭނާ ހެޔޮވަރުކުރި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!