ކޮވިޑް ޖެހިގެން 63 މީހަކު ހޮސްޕިޓަލުގައި އޭގެތެރެއިން 2 މީހަކު އައިސީޔޫގައި

ކޮވިޑް ޖެހިގެން 63 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އޭގެތެރެއިން 2 މީހަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުން ކަަމަށް ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 63 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ. އޭގެތެރއިން 2 މީހަކު ތިބީ އައިސީޔޫގައި ކަމަށް އެނާ ވިދާޅުވިއެވެ.

ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ ތަފްސީލް ހާމަ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ އޭގެތެރެއިން 1 މީހަކަށް ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި 16 ވަނަ ފަންގިފިލާގައި ކަމަށާއި އަދި އެމީހާ އަށް ފަރުވާ ދެމުން ދަނީ ވޯޑުގައި ކަމަށެވެ. ހަމައެއާއެކު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 54 މީހަކަށް ވޯޑުގައި ފަރުވާ ދެމުންދާ ކަމަށާއި 2 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި ހުން ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި 6 މީހަކަށް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!