އިރާގެ ޕޮޓޯއަށް އައި ކޮމެންޓްއެއްގެ ސަބަބުން ހިއްސާ ކުރަން ޖެހުނީ ވީޑިއޯއެއް!

މަޝްހޫރު އެކްޓަރު އާމިރު ޙާންގެ ދަރިފުޅު އީރާ ޙާން ފިލްމަކުން ފެނިގެން ހިގައިދާނެ ކަމުގެ އުއްމީދު އަނެއްކާވެސް ކުޑަވެއްޖެއެވެ. މީގެ ކުރިންވެސް ކެމެރާގެ ކުރިމަތީގައި މަސައްކަތް ކުރުމަށްވުރެ ފުރަގަހުގައި ކުރާ މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ކަމަށް ބުނެފައިވާ އީރާ ދެން ފެނިގެން ދަނީ ކޮން ދާއިރާއަކުން ކަމާމެދު ޝައްކު އުފެދިގެން ދިޔައީ އީރާ އޭނާގެ ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރި ފޮޓޯ އާއި ވީޑިއޯ އިންނެވެ.

 ފުރަތަމަ އޭނާ ހިއްސާކުރި ފޮޓޯއިން ފެނިގެންދަނީ ކޮންމެވެސް ކަމެއްގައި ވަރަށް ޝައުޤުވެރިވެފައި އިންނަ މަންޒަރެވެ. ފޮޓޯއިން ކުރަންއިން ވަކި ކަމެއް ނޭނގޭތީ ބައެއްމީހުންވަނީ އެކަމާ ސުވާލުކޮށް ކޮމެންޓު ކޮއްފައެވެ. އެއާއި އެކު އޭނާ ދެން ހިއްސާކުރީ ވީޑިއޯއެކެވެ. ވީޑިއޯގައި ފެންނަނީ ކުރަހާފައި އިން ޓެޓޫއެކެވެ. އަދި ވީޑިއޯ ހިއްސާކުރަމުން އޭނާ ލިޔެފައިވަނީ އެއީ އޭނާގެ ފުރަތަމަ ޓެޓޫކަމަށެވެ. އަދި އެކަމަށް ހިއްވަރު ދިން މީހުނަށް ޕޯސްޓުގައި ޝުކުރު އަދާކޮއްފައިވާއިރު އޭނާ ބުނެފައިވަނީ ކުރިއަށްދާނެ އިތުރު ދާއިރާއެއް އޭނާއަށް  ފެނިއްޖެކަމުގެ އިހުސާސްކުރެވިއްޖެކަމަށެވެ.

އެކްޓިންގްއަށް އެއްވެސް ވަރަކަށް ޝައުގުވެރިކަން ނުހުންނަ އީރާ މިހާރު މަސައްކަތް ކުރަމުންދަނީ ތިއޭޓާރ ޑައިރެކްޓަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭނާއަށް ދަސްވި މި އައު ހުނަރާއި އެކު ކުރިއަށްދިއުމުގެ ޝައުޤުހުރިކަން މި މަސައްކަތް އޭނާ ކޮއްފައިވާ ގޮތާއި އެކަމުން ލިބުނު ހިތްހަމަޖެހުން ހިއްސާކޮއްފައިވާގޮތުން ރަގަނޅަށް އެގިގެންދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!