ރިއާ ޖަލުން މިވަގުތު މިނިވަންވުމަކީ އަދި ނާކާމިޔާބީއެއް ނޫން: ވަކީލު

އެންސީބީ އިން ބަލަމުންދާ ޑުރަގުގެ މައްސަލައެއްގައި ހައްޔަރުކޮއްފައިހުރި އެކްޓަރެސް ރިއާ ޗަކްރޮބަތީ ޖަލުން މިނިވަން ވެއްޖެއެވެ.

މަހެއްހާދުވަހު މުމްބާއީގެ ބައިކުއްލާ ޖަލުގައި ހޭދަކުރުމަށްފަހު މިއަދު ރިއާ ޖަލުން މިނިވަންވެފައިވަނީ ބޮމްބޭ ހައިކޯޓުގެ ނިންމުމަކަށެވެ. ޖަލުން މިނިވަންކުރުމުގެ އަމުރު ނެރުނު ނަމަވެސް އެއާއެކު ރިއާއަށް ވަނީ ބައެއް ކަންތަށްތަށް އެކޯޓުން ޝަރުތުކޮއްފައެވެ. އޭގެ ތެރޭގައި 10 ދުވަސް ވަންދެން ކޮންމެ ދުވަހަކުވެސް ޕޮލިސް ޓޭޝަނަށް ރިޕޯރޓުކުރަން ޖެހުމާއި،އޭނާގެ ޕާސްޕޯރޓު ހިފެހެއްޓުމާއި ޕޮލިހުންގެ ހުއްދަނެތި މުމްބާއީއިން ބޭރަށް ނުދެވޭނެކަމަށްވެސް ރިއާއަށްވަނީ އަންގާފައެވެ.

ރިއާ ޗަކްރޮބަތީ ޖަލުން މިވަގުތު މިނިވަންވުމަކީ އަދި ނާކާމިޔާބީއެއް ނޫންކަން ހާމަކުރަމުން ސުޝާންތު ސިންގު ރާޖުޕުތުގެ އާއިލާގެ ވަކީލު ބުނެފައިވަނީ ރިއާ ޑުރަގު ބޭނުންކުރުމަކީ އެމީހުންގެ މައްސަލައާއި ގުޅުންހުރި ކަމެއް ނޫންކަމަށެވެ. ސުޝާންތުގެ އާއިލާއިން ރިއާގެ މައްޗަށް ކޮއްފައިވާ ދައުވާ އަކީ ސުޝާންތުއަށް އޭނާ އެއްވެސް ސިފައެއްގައި ޑުރަގު ދީފައިވޭތޯ  ބެލުމުގެ ދައުވާ ކަމަށެވެ. އެކަން ރިއާގެ މައްޗަށް ސާބިތުވެއްޖެ ނަމަ މިހާރުގެ އެ ކޭސްއިން މިނިވަންވެވުނުހެން މިނިވަން ނުވެވޭނެކަމަށްވެސް ވަކީލު ބުނެފައިވެއެވެ.

އިއްޔެ ރިއާއާއި އޭނާގެ ކޮއްކޮ ޝޮވިކުގެ ޖުޑީޝަލް ކަސްޓަޑީގެ މުއްދަތު 14 ދުވަހަށް އިތުރު ކޮއްފައިވާއިރު ބޮމްބޭ ހައިކޯޓުން ރިއާ  މިނިވަންކުރި ނަމަވެސް ޝޮވިކް އަދިވެސް ހުރީ ޖަލުގައެވެ. ރިއާ އާއި އެކު މިއަދު ހަމަ މި ކޭސްގައި ހައްޔަރުކޮއްފައިތިބި ސުޝާންތުގެ ހައުސް މެނޭޖަރާއި ނޯކަރުވެސް ވަނީ މިނިވަން ކޮއްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!