ދިއްދޫ އިން އިތުރު 3 ފުލުހަކު ޕޮޒިޓިވް ވެއްޖެ

ހއ.ދިއްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ 3 ފުލުހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދިއްދޫއިން ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 6ވަނަ ދުވަހު އެރަށުން ނެގި ސާމްޕަލްތަކު ތެރެއިން 3 ސާމްޕަލެކެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު މިމަހުގެ 5ވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއެކު އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކުޅުދުއްފުށިން ނެގި 10 ސާމްޕަލްގެ ތެރެއިން އިއްޔެވަނީ އިތުރު 2 ސާމްޕަލް ޕޮޒިޓިވް ވެފައެވެ. އެއީވެސް 2 ފުލުހުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިކޭސްއާ ގުޅިގެން އެންމެ އުތުރުގެ 3 އަތޮޅުން މިއަދު ވަނީ އިތުރު 88 ސާމްޕަލް ނަގާފައެވެ.

އޭގެތެރޭގައި ހިމެނެނީ ހއ.ހޯރަފުށިން 8 ސާމްޕަލާއި ދިއްދޫން 23 ސާމްޕަލާއި ކުޅުދުއްފުށިން 23 ސާމްޕަލާއި ށ.މިލަންދޫން 2 ސާމްޕަލާއި އެއަތޮޅު ފޯކައިދޫން 6 ސާމްޕަލާއި ކަނޑިތީމުން 2 ސާމްޕަލް އަދި ފުނަދޫއން 24 ސާމްޕަލެވެ. މި ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިކޭސްގައި ފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ، ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!