ަމިއޮޑިއެއް ނުފެތޭނެ، ރައްޔިތުންނަށް ހެޔޮގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސް ދިވެހިންނަށް ހެޔޮ ގޮތް ހޯދާދެވޭނެ ކަަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު ރައީސް ސޯލިހާއެކު މިއަދު ބޭއްވެވި ބައްދަލްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. ދެ ރައީސުން ބައްދަލްކުރައްވާ މަޝްވަރާ ކުރެއްވިކަން ފުރަތަމަ ހާމަ ކުރެއްވީ ރައީސް ސޯލިހެވެ. ބައްދަލްވުމުގެ ތެރެއިން އަދި ބައްދަލްވުމަށްފަހު ރަސްމީ ގެކޮޅު މުލިއާގެ ކުރިމަތީ ތިއްބަވަނިކޮށް ނަންގަވާފައިވާ ފޮޓޯއަކާއެކު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްދަލްވުމުގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ކޮވިޑްގެ މި ހާލަތުގައި ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް މަޖިލީގާއި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސް ރައީސް ޞާލިޙާއި ރައީސް ނަޝީދު ބައްދަލު ކުރެއްވީ މުލިއާގެގައެވެ. މިބައްދަލު ކުރެއްވުމުގައި ކޮވިޑް-19 އާއި އިޤްތިސާދީ ދަތިކަމުން ސަރުކާރާއި މަޖިލިސް އެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިކަމަށް ރައީސް ޞާލިޙު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!