މަހާޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި ހުސް ދިވެހީން

ބިންހިއްކުމަށް އެމްޓީސީސީން ބޭނުން ކުރާ ކޮންނަ ބޯޓް މަހާޖައްރާފްގެ ހުރިހާ ފަޅުވެރިންނަކީ ދިވެހީންކަމުގައި ހަމަޖައްސައިފި އެވެ.

މިއަދު އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މަހާޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި މުޅިންވެސް ދިވެހިން ހަމަޖެއްސީ މިއަދުން ފެށިގެން ކަމަށެެވެ.

ދެހާސް ސަތާރަަވަނަ އަހަރު އެ އުޅަނދު ގެނެސް ބޭނުންކުރަން ފެށިއިރު މަހާޖައްރާފުގައި 10 ބިދޭސީން ތިއްބެވެ.

ނަމަވެސް ދެން މަހާޖައްރާފުގައި ތިބޭނީ 14 ދިވެހީން ކަމަށް ވެސް އެމްޓީސީން ބުންޏެވެ. އޭގެ ތެރޭގައި ބޯޓުގެ ކެޕްޓަން، ދެ ޗީފް އޮފިސަރުން، ޗީފް އިންޖީނއަރު، ސެކަންޑް އިންޖިނިއަރު ހަތަރު ޕައިޕް އޮޕަރޭޓަރު، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރު އަދި ކްރޫއިންނާ އެކު ކައްކާ މީހުން ހިމެނެ އެވެ.

އާޒިމް މިއަދު ވިދާޅުވީ ފަޅުވެރިންގެ ގޮތުގައި ދިވެހީން ހަމަޖެއްސުމުން އަަހަރަކު އެއް މިލިއަން ޑޮލަރު ސަލާމަތްކުރެވިގެންދާނެ ކަމަށެވެ. އަދި ދިވެހީން ފަޅުވެރިންގެ ގޮތުގައި ހަމަޖެެއްސި ނަމަވެސް ތައުލީމާއި ތަޖުރިބާގެ ގޮތުން ދިވެހިީން ވަކި ދަށްނުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“މިކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަޒީފާތަކަށް ނުކުންނަން ބޭނުންވާ ދިވެހި ޒުވާނުންނަށް މިއީ ލިބިގެންދާނެ މެސެޖެއް. ރާއްޖޭގައި އެބަތިބިކަން މި ހިސާބަށް އާދެވިފައި ތިބި މީހުން. އަޅުގަނޑުމެންނަކަށް މީގެ ކުރިން ނެތް މި ހިސާބަށް އައިސްފައި ތިބި މީހުން ތިބި ކަމެއް. ނަމަވެސް މިއަދު އެމްޓީސީސީން މި ސާބިތު މިކުރަނީ ރާއްޖޭގައި އެބަތިބިކަން ވަރަށް މޮޅެތި މޮޅެތި ކަނޑުމަތީގެ މީހުން.” އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަހާޖައްރާފުގައި މަސައްކަތްކުރަން އިތުރު ދިވެހީން ތަމްރީންކުރާނެ ކަަމަށެވެ.

މިހާތަނަށް މަހާޖައްރާފުން ވަނީ 13 މަޝްރޫއެއް ހިންގައިފަ އެެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!