މާފުށީ ޖަލަށް އިމާމެއް ހޯދަނީ

ސަރުކާރުގެ ޖަލުތަކުގެ ތެރެއިން މާފުށީގައި ހުންނަ މައި ޖަލަށް އިމާމަކު ހޯދަން ކަރެކްޝަނުން އިއުލާން ކޮށްފި އެވެ.

ކަރެކްޝަނުން ބުނާ ގޮތުގައި މައި ޖަލުގެ އިމާމަކީ ސަޕޯޓް ސާވިސް އޮފިސަރު 1، ރޭންކްގެ މަގާމެކެވެ. އެ މަގާމުގައި މުސާރައަށް ލިބޭނީ 3,753 ރުފިޔާ އެވެ. އެހެން ނަމަވެސް ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު ދޭ 3,500 ރުފިޔާ އާއި ނޮން ޕްރެކްޓިސް އެލަވަންސަށް 1,688/80 ލިބޭނެ އެވެ.

މި މަގާމް ލިބޭނީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމެއް ޓެކުމެއް، އަދި މަކަރާއި ހީލަތެއް ހެދިކަން ސާބިތުވެފައި ނުވާ މީހަކަށެވެ. އަދި މަސްތުވާ ތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ހިޔާނާތް ފަދަ ކުށެއް ކުރިކަން ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައި ނުވާ މީހަކަށެވެ.

މާފުށީ ޖަލުގެ އިމާމް ނަމާދު ވަގުތަށް ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުމާއެކު ކޮންމެ ނަމާދު ވަގުތު ޖެހުމުގެ ކުރިން މިސްކިތް ފޮޅައި ސާފުކޮށް މޮޕް ލާން ޖެހެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!