ކުވައިތުގެ އައު ވަލީއަޙުދަކަށް ޝެއިޚު މިޝާލް

ކުވައިތުގެ އައު ވަލީ ޢަހުދުގެ ގޮތުގައި އެ ޤައުމުގެ ނޭޝަނަލް ގާޑުގެ ނައިބު ވެރިޔާ، ޝެއިޚު މިޝާލް އަލްއަޙްމަދު އަލްޖާބިރު އަލް ޞަބާޙްގެ ނަން ހުށަހަޅައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު ކުވައިތުގެ އަމީރުކަމުގެ މަޤާމުގައި ހުންނެވި ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙު އަވަހާރަވުމުން އޭނާގެ ކޮއްކޯފުޅު، ވަލީއަޙުދު ޝައިޚު ނަވާފު އަލްއަޙުމަދު އަލްޖާބިރު އަލްޞަބާޙުވަނީ އަމީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންފައެވެ. އެއަށްފަހު އައު ވަލީއަޙުދުގެ މަޤާމަށް ކުރީގެ އަމީރު ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙުގެ ކޮއްކޯފުޅު ޝެއިޚު މިޝާލް އަލްއަޙްމަދު އަލްޖާބިރު އަލްޞަބާހު އައްޔަނުކުރުމަށް ނިންމަވާފައިވާކަމަށް އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުވަނީ އިޢުލާނުކުރައްވާފައެވެ. އަމީރުގެ ނިންމުމާމެދު ޝާހީ ޢާއިލާއިން ރުހޭކަމަށް އަމީރުގެ އިދާރާއިންވަނީ ބުނެފައެވެ. ނަމަވެސް ވަލީ އަޙުދުގެ ގޮތުގައި ޝައިޚު މިޝާލް ކަނޑައެޅޭނީ އަމީރުގެ ނިންމެވުން އެ ޤައުމުގެ ޤަނޫނުހަދާ މަޖިހުން ފާސްކުރުމުންނެވެ. ބެލެވޭ ގޮތުގައި އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހު ޤާނޫނުހަދާ މަޖިލީހުން އަމީރުގެ ނިންމެވުމާ ގުޅޭގޮތުން ގޮތެއް ނިންމާނެއެވެ.

1940ވަނަ އަހަރުގައި އުފަންވެވަޑައިގެން ޝެއިޚު މިޝާލް ކުވައިތުގެ ނޭޝަނަލް ގާޑުގެ ނައިބު ވެރިޔާގެ މަޤާމަށް އިސްކޮށްފައިވަނީ 2004ވަނަ އަހަރުގައެވެ. އޭގެ ކުރިން އެ މަނިކުފާނު މަސައްކަތްކުރެއްވީ ސަލާމަތީ ޚިދުމަތްތަކާބެހޭ އިސްވެރިޔާގެ އިތުރުން ދާޚިލީ ވުޒާރާގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!