ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލިއާގޭގައެވެ. ނަމަވެސް މިއަދު ދެބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކާގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ.

ދެބޭފުޅުންގެ ބައްދަލުކުރެއްވިކަން އެމްޑީޕީގެ މަޖިލިސް މެންބަރަކު ވަނީ ޔަޤީންކޮށްދެއްވާފައެވެ. ދެބޭފުލުން ބައްދަލުކުރެއްވި ފޮޓޯއެއް މަޖިލީހުގެ ރައީސް ވަނީ އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވާފައެވެ. ނަމަވެސް އެބައްދަލުވުމުގެ ތަފްސީލް އެގްރޫޕްގައިވެސް ހާމަކުރައްވާފައެއްނުވެއެވެ.

އެންމެފަހުން މިދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ ޖޫންމަހުގެ 4ވަނަ ދުވަހުއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!