ބީއެމްއެލްގެ ރިސްކް ހެޑް އިސްތިއުފާ ދެއްވައިފި

އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލާގައި ބީއެމްއެލް ދިފާއު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދެއްކެވި އެ ބޭންކުގެ ރިސްކު ހެޑް ޔާމީން އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

އޮންލައިން ނޫސް ސީއެންއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު 30 ގައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ބަޔާންކޮށްފައެއް ނުވެ އެވެ.

ގައުމީ ބޭންކަށް 30 އަށް އަހަރު ހިދުމަތް ކުރައްވާފައިވާ ޔާމީން ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ބީއެމްއެލުގެ ދައުރެއް ނޯންނާނެ ކަމަށް ވިދާޅުވެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވާފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!