އަދީބު ގޭބަންދަށް ބަދަލުކޮށްފި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި 20 އަހަަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެއަށް ބަދަލު ކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަދީބު ގެއަށް ބަދަލުކޮށްފައި ވަނީ އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ކަމަށެވެ.

މިދިޔަ ހަފްތާގައި 20 އަހަރަށް ޖަލަށް ހުކުމްކޮށް، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުން އަދީބު ވަނީ މާލެ ޖަލަށް ގެންގޮސްފަ އެވެ. އެކަމަކު އަނެއްކާވެސް ސިއްހީ ސަބަބުތަކާ ގުޅިގެން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާ އެއް އުފުލާފަ އެވެ. އެއީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!