އީސީގެ ނައިބު ރައީސް އަކްރަމް ކޯވިޑަށް ޕޮސިޓިވް ވެއްޖެ

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އަހުމަދު އަކްރަމް އާއި އޭނާގެ އަނބިކަނބަލުން ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

އަކްރަމް އާއި އަނބިކަނބަލުން ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ މިއަދު އެވެ. އޭނާ ޓުވިޓާގައި ވިދާޅުވީ ހާލު ރަނގަޅު ކަމަށާއި ކޯވިޑްގެ އެއްވެސް އަލާމާތެއް އެއްވެސް މީހެއްގެ ގައިން ނުފެންނަ ކަމަށެވެ.

އަކްރަމް އާއި އަނބިކަނބަލުންގެ އިތުރުން ދަރިފުޅުވެސް ކޯވިޑަށް ޓެސްޓު ކުރި އެވެ. އެކަމަކު ދަރިފުޅުގެ ޓެސްޓުގެ ނަތީޖާ އަދި ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އޭނާ ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއްގައި ބައިވެރިވި ކަމަށެވެ. އެހެންނަމަވެސް އެ ބައްދަލުވުމަކީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް މާސްކް އަޅައިގެން ގައިދުރުކަން ބަހައްޓައިގެން ބޭއްވި ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!