އޭޑީކޭ ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނަކު މަރުވި މައްސަލައެއް ބަލަނީ

މާބަނޑު މީހަކު ވިހެމުގެ އޮޕަރޭޝަނަށް ފަހު، ނިޔާވި މައްސަލާފައު އޭޑީކޭ ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއިން ފަށައިފިއެވެ.

އުމުރުން 29 އަހަރުގެ އެ އަންހެން މީހާ މަރުވީ ސިޒޭރިއަންއަށް ފަހު ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ދަރިފުޅުގެ ހާލު ރަނގަޅުކަމުގެ މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ހެލްތް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އުސޫލުގެ ތެރެއިން، މެޓާނަލް މަރެއް ނަމަ އެކަން އެ ހޮސްޕިޓަލަކުން މިނިސްޓްރީއަށް އަންގަން ޖެހޭ ކަމަށެވެ. އަދި މައްސަލަ ބަލަމުންދަނީ އާއިލާގެ ފަރާތުން އެކަން ރިޕޯޓު ކޮށްގެން ނޫން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިކަމުގައި ހޮސްޕިޓަލުގެ އެއްވެސް އިހުމާލެއް އޮތްތޯ ބާލާނެ ކަމަށެވެ. ނަމަވެސް ބަލަމުންދާ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!