މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށްދަނީ

ހދ ކުޅުދުއްފުށިން ކުރިނބީ އަށް ދަތުރު ކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް ވިދާޅުވީ، އެއަތޮޅުގެ ކުޅުދުއްފުއްޓަށް ދިޔަ އެރަށުގެ ދޯންޏެއް ރަށަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލާފައިވާ ކަމަށެވެ. 

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އާއި ކުރިނބީ ކައުންސިލުން ހިއްސާކޮށްފައިވާއިރު، ދޯނި ބަންޑުން ޖަހާލާފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް މުނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ދޯނި ބަންޑުން ޖަހާލިއިރު، އެ ދޯނީގައި ދަތުރުކުރަމުން ދިޔައީ ދެ ފިރިހެނުންނާއި އަންހެނެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ކުރިނބީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!