ބަންގްލަދޭޝްގެ 200 މީހުން މިއަދު ފުރުވާލައިފި

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހުން މިއަދު ވެސް ފުރުވާލައިފިއެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެގައުމުގެ އިތުރު 200 މީހަކު ފުރާފައިވާ ކަމަށެވެ. 

މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 39 ވަނަ ދަތުރެވެ. 

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް 8000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!