ލޯނާއި ހިލޭ އެހީގެގޮތުގައި 520 މިލިއަން ޑޮލަރު މިހާތަނަށް ލިބިފައިވޭ: މިނިސްޓަރ އަމީރު

ކޮވިޑް 19 ގެ ހާލަތާ ގުޅިގެން މިހާތަނަށް ރާއްޖެއަށް 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައި ލޮޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އަމީރު ޙާޒިރުކުރެއްވުމުން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ނަމަވެސް އިތުރު ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.

“ކޯވިޑް-19ގެ ޙާލަތާއި ލޯންގެ ގޮތުގައާއި ކޮންސެޝަނަލް އެހީގެ ގޮތުގައި އަދި އެހެން ގޮތްގޮތުން އަޅުގަނޑުމެންނަށް 520 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ވާހަކަ ދަންނަވަން” އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ބޭރުގެ މާލީ އިދާރާތަކުގެ އިތުރުން ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ވެސް މާލީ އެހީތެރިކަމާއި އެހެނިހެން ތަކެތި ރާއްޖެއަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންޑިޔާ އާއި ޖަޕާނާއި ޗައިނާ އާއި އެމެރިކާ އާއި ޔޫއޭއީ އާއި ބަންގްލަދޭޝް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔުނިސެފް ވެސް ހިމެނެ އެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރަށް ލަފާކޮށް ހުށައެޅި ބަޖެޓުގެ އަންދާޒާތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ހިލޭއެހީއާއި ލޯންގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެކަމަށް ކުރިން އަންދާޒާކުރިކަމަށާއި، ނަމަވެސް މިހާރު ލިބޭނެކަމަށް އަންދާޒާކުރަނީ 14 ބިލިއަން ރުފިޔާކަމަށެވެ. އެއީ 15 ބިލިއަން ރުފިޔާގެ ދަށްވުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!