ޑިސެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް ދޭނަން: އަމީރު

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ އާއި އާމްދަނީއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދެމުން އަންނަ އިިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ދަށްވުމާ ގުޅިގެން، ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ އާއި އާމްދަނީއަށް އަސަރު ކުރި މީހުންނަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ސަރުކާރުން ތައާރަފުކޮށްފައިވާ އިިންކަމް ސަޕޯޓް އެލަވަންސް މި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖާބިރު ވިދާޅުވީ ޑިސެމްބަރު މަހާ ހަމައަށް އެލަވަންސް ދޫކުރާ މުއްދަތު އިތުރުކޮށްފައިވާއިރު އިގްތިސާދީ ހާލަތު ކުރިނާރާނަމަ އެ މުއްދަތަށް ވުރެ އިތުރު ކުރަން ވެސް ސަރުކާރުން ބޭނުންވާ ކަމަށެވެ.

“އަޅުގަނޑުމެން މިހާރު ނިންމާފައިވާނެ، ޑިސެމްބަރާ ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް އެކްސްޓެންޑް ކުރަން، އިންކަމް ސަޕޯޓް އެލަވަންސް ލިބޭނެ ޑިސެމްބަރާ ހަމައަށް. އިތުރަށް އެކްސްޓެންޑް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކްސްޓެންޑު ވެސް ކުރާނަން.” އަމީރު ވިދާޅުވިއެވެ.

މިހާތަނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 96 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ އިރު، އޭގެ ތެރެއިން މަސްވެރިންނަށް ވެސް ފައިސާ ދީފައިވާ ކަން މިނިސްޓަރު އަމީރު ފާހަގަ ކުރެއްވިއެވެ.

އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއް ނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!