ތ.ގުރައިދޫ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތަށް ތައްޔާރުވެއްޖެ

ތ. ގުރައިދޫގައި ސަރުކާރުން ތަރައްގީކުރާ ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މިހާރު މިމަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގާ ޕްރޮޖެކްޓް ސައިޓަށް ގެންގޮސް ނިމިފައިވާކަމަށެވެ. އެ މަޝްރޫއުގެ ފަށުން ފަޅު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމުމަކާއި ގާތަށް ގޮސްފައެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 16،533 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އަދި 370 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 370 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ވެސް އެމްޓީސީސީ މައުލޫމާތުދެއެވެ. 

ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46,015,831.72 ރުފިޔާ އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!