ހަ ރަށެއް މޮނިޓަރިންއިން ނަގައިފި

ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންއަށް ލާފައިވާ ހަ ރަށް މޮނިޓަރިންއިން ނަގައިފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި އަދި ހދ. ކުޅުދުފުއްޓާއި ހދ. ކުރިނބީގެ އިތުރުން ށ. ފުނަދޫ ވަނީ މޮނިޓަރިންގައިވާ ކަމަށެވެ. 

އެރަށްރަށް މޮނިޓަރިންނަށް ގެެނެސްފައި ވަނީ ކުޅުދުއްފުށީގައި މަަސައްކަތްކުރާ ފުލުހަކު ޕޮޒިޓިވްވެފައިވާތީ ކަމަށާއި އެމީހާއަކީ މާލެއަށް ދަތުރުކޮށްފައިވާ ފަރާތެއް ނޫން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެ ހުރިހާ ރަށެއްގެ މޮނިޓަރިން މިހާރު އުވާލާފައި ވާއިރު ހދ. އަތޮޅުން ރޭ ނެގި 23 ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްގެ ތެރެއިން ކުޅުދުއްފުށިން ނެގި ދެ ސާމްޕަލްއެއް ވަނީ ޕޮޒިޓިވްވެފައި ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލްއިން ބުނެފައި ވެއެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!