ތިއުޅެނީ މޫނުގައި ބިހި ނަގާ ވަރުން ސަލާމަތްނުވެވިގެން ތަ؟ މި އެއްޗެހި ކެއުން ހުއްޓާލާބަލަ!

މޫނުގެ ހަންގަނޑަށް ދިމާވާ އެކިއެކި މައްސަލަތަކުގެ ތެރެއިން، ބިހި ނެގުމަކީ އެންމެ އާންމު އެއް މައްސަލައެވެ. އަދި މޫނުގައި ބިހި ނެގުން ހުއްޓުވުމަށް، އެކިއެކި ޕްރޮޑަކްޓުތައް ބޭނުންކުރާ މީހުންވެސް އުޅެއެވެ. ނަމަވެސް ކިތަންމެ އަގުބޮޑު ޕްރޮޑަކްޓެއް ބޭނުންކޮށްގެން ވެސް އެދެވޭ ނަތީޖާ ނުފެންނަ ނަމަ، ދެން ޖެހޭނީ ކެއުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނާށެވެ.

އެގޮތުން މިފަހަރު މި ކިޔައިދެނީ މޫނުގައި ބިހިނެގުން ބޮޑުތަކުން މަދުކުރުމަށްޓަކައި، ކެއުމުގައި އެއްގޮތަކަށް ވެސް ހިމަނަންނުޖެހޭ ކާނާއެވެ. ނުވަތަ މި އެއްޗެހި ކެއުން މަދުކޮށްލައިގެން ވެސް ހިތްހަމަޖެހޭ ނަތީޖާއެއް ފެނިދާނެއެވެ.

1. ސްކިމްޑް މިލްކު

ލޯ-ފެޓް ނުވަތަ ފެޓް-ފްރީ ކިރަކީ މޫނުގައި ބިހި ނެގުމާ ގުޅިފައިވާ އެއްޗެއް ކަމަށް ދިރާސާ ކުރާ މީހުން ބުނެއެވެ. އެއީ ކިރަކީ ހަށިގަނޑުގައި ހޯމޯންސް އުފެދޭ މިންވަރު އިތުރުކޮށްދޭ އެއްޗަކަށްވެފައި، ހޯމޯންސް ބެލެންސް ނުކުރެވި ހަންގަނޑު ތެޔޮވުމަށް މަގުފަހިވާތީއެވެ. އަދި އޭގެ ސަބަބުން ބިއްސާއި އޮށާޅަ ވަރަށް ފަސޭހައިން މޫނުގައި ނަގައެވެ. ސްކިމްޑް މިލްކުގެ ބަދަލުގައި އާމަންޑް މިލްކު ބޭނުންކުރެވިދާނެއެވެ.

2. ބިހުގެ ހުދުބައި

ގިނައިން އަޑު އިވޭ ވާހަކައަކީ ބިހުގެ ގޮބޮޅި (ރީނދޫ ބަޔަކީ) ހަށިގަނޑަށް ރަނގަޅު އެއްޗެއް ނޫނޭ ބުނާ ވާހަކައެވެ. ނަމަވެސް ބިހުގެ ހުދު ބަޔަށްވުރެ އޭގެ ގޮބޮޅިން ހަންގަނޑަށް ކުރާ ފައިދާތައް މާ ގިނަ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއީ އޭގެން ވިޓަމިން ބީ ހަށިގަނޑަށް ލިބޭތީއެވެ. ވިޓަމިން ބީ އަކީ މޫނުގައި ބިހި ނެގުމާއި ހަންގަނޑު ހިކުން އަދި ރަތްވުން ފަދަ މައްސަލަތަކުން ދުރުކޮށްދޭ މާއްދާއެކެވެ. އެހެންކަމުން، މޫނުގައި ބިހި ނެގުމުގެ މައްސަލަ ހުންނަ މީހުން ބިހުގެ ހުދުބައި ނުކައި ގޮބޮޅި ކާށެވެ.

3. މަޔޮނައިޒް

މަޔޮނައިޒްގައި ސޯއީބީން އޮއިލް އެކުލެވެއެވެ. އަދި ސޯއީ އަކީ ހަށިގަނޑުގައި އެސްޓްރޮޖެން އުފައްދާ މިންވަރު އިތުރުކޮށްދޭ އެއްޗަކަށްވާތީ، ހޯމޯންސް އިންބެލެންސްވެ މޫނުގައި ބިހިނެގުމުގެ ފުރުސަތު ބޮޑުކޮށްދެއެވެ. މަޔޮނައިޒްގެ އިތުރުން ސޯއިބީން އޮއިލް އެކުލެވޭ އެއްޗެހީގެ ތެރޭގައި ޕްރޮޓީން ބާ އާއި ތަރުކާރީ ބާގާ ހިމެނެއެވެ.

4. ހުދު ޕާން

ހުދު ފުށުގައި ހަދާފައި ހުންނަ ޕާނަކީ ދުވަސްވުމުގެ އަލާމާތްތައް އަވަސްކޮށްދޭ އެއްޗެކެވެ. މި ލިސްޓުގައި ޕާނުގެ އިތުރުން ޕާސްތާ، ސީރިއަލް އަދި އޯޓްމީލް ހިމެނެއެވެ. މި އެއްޗެހި ކެއުމުން މޫނުގައި ބިހި ނެގުމާއި އަދި މި ނޫންވެސް ހަންގަނޑު ދުވަސްވުމުން ދިމާވާ މައްސަލަތައް ކުރިމަތިވެއެވެ. އެހެންކަމުން ހޯލް ގްރެއިންގެ ކާނާ ކެއުމަށް އިސްކަން ދޭށެވެ. މިސާލަކަށް ހުދު ޕާނުގެ ބަދަލުގައި ބްރައުން ބްރެޑް އިޚްތިޔާރު ކުރެވިދާނެއެވެ.

5. ފާސްޓް ފުޑް، އެނާޖީ ޑްރިންކް، ޕިއްޒާ، ސޯޑާ މިއީ ހައްތާ ވެސް މޫނުގައި ބިހިނެގުން އިތުރުކޮށްދޭ އެއްޗިއްސެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!