އިންޑިއާގެ ފުލުހުންގެ ނަން ބަދުނާމުކުރުމަށް ގެންގުޅުނު 80000 ފޭކް އެކައުންޓު ހޯދައިފި

މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މަރުވި ފިލްމީ ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރާއި ގުޅިގެން އޭނާއަށް ސަޕޯޓުކުރާ އެތައް ބަޔަކު ދަނީ އޭނާ މަރާލެވިފައިވާ ކަމަށް ބުނެ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި ގޮވަމުންނެވެ.

ސުޝާންތުގެ މަރުގެ ތަހުގީގު އިންޑިއާގެ މުމްބާއި ފުލުހުން ކުރަން ފެށުމާއިއެކު އެތައް ބައެއްގެ ތައުރީފް އެމީހުންނަށް ލިބުނެވެ. ނަމަވެސް އެއަށް ފަހު ކޭސް އާއި ގުޅިގެން އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާތީ އެތައްބަޔަކު ވަނީ އެކި އެކި ތުހުމަތުތަށް ފުލުހުންނަށް ކޮށްފައެވެ. އެގޮތުން ސުޝާންތު މަރާލާފައިވަނީ ވަރަށް ނަން މަޝްހޫރު އަދި އިސް ފަރާތަކުން ކަމަށާއި އެމީހަކު ހިމާޔަތް ކުރުމަށް ފުލުހުން އުޅޭކަމަށް ވެސް އެއްބަޔަކު ދިޔައީ ބުނަމުންނެވެ.

ސޯޝަލްމީޑިއާގައި ފުލުހުންނާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުން ދިއުމާއެކު، ސުޝާންތުގެ މަރުގެ ތަހުގީގު ވަނީ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއާއި ހަވާލުކޮށްފައެވެ.

އިންޑިއާގެ މުމްބާއިގެ ފުލުހުން މިހާރު ވަނީ ސޯޝަލްމީޑިއާގައިި ފުލުހުންނާއި ދެކޮޅަށް އަޑުއުފުލަމުން ދިޔަ 80،000 އަށް ވުރެ ގިނަ ފޭކް އެކައުންޓްތަށް ހޯދާފައެވެ. އަދި އެ އެކައުންޓުތަކުގެ ވެރިފަރާތްތައް ހޯދައި އެ އެކައުންޓުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންނެވެ. ފުުލުހުން ހޯދާފައިވާ ބައެއް އެކައުންޓުތައް އޮޕަރޭޓް ކޮށްފައިވަނީ އިންޑިއާއިން ބޭރުންނެވެ. އެގޮތުން އިޓަލީ، ޖަޕާން، ޕޮލެންޑް، ސްލޮވިނިއާ، އިންޑޮނޭޝިއާ، ތައިލެންޑް އަދި ފްރާންސް ފަދަ ގައުމުތަކުން ވަނީ ގިނަ އަދަދެއްގެ ފޭކް އެކައުންޓުތައް އޮޕަރޭޓް ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!