ސައިފް ބުނަނީ އަބަދުވެސް ދަރިންނާއި އެކު ހުރި ކަމަށް

ބޮލީވުޑުގައި ފެންމަތިވެގެން އުޅޭ ޑުރަގު މައްސަލައިގައި ބަތަލާ ސާރާ އަލީ ޚާން ގެ ނަންވެސް ވަނީ ފެންމަތިވެފައެވެ.

ސާރާގެ ނަން ފެންމަތިވުމާއެކު، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން ވަނީ ސާރާ ތަހުގީގަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައެެވެ. ނަމަވެސް ތަހުގީގަށް ހާޒިރުކުރުމުގެ އެއް ދުވަސް ކުރިން ސާރާއާއި، އޭނާގެ މަންމަ އަމްރިތާ އަދި ކޮއްކޮ އިބްރާހިމް ހުރީ ޗުއްޓީ ހޭދަކުރުމަށް ގޯއާގައެވެ.

މީގެ އިތުރުން ހަބަރުތަކުން ވަނީ ސާރާ އަށް ކުރިމަތިވެގެން އުޅޭ ކަންތައް ގަނޑުގައި އޭނާގެ ބައްޕަ، ސައިފް އަލީ ޙާން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް ބުނެ ރިޕޯޓު ކޮށްފައެވެ. އެގޮތުން ސާރާ އެންސީބީއަށް ހާޒިރުކުރިއިރު، ސައިފް އަލީ ޙާން ވަނީ އަންހެނުން ކަރީނާ އާއި ދަރިފުޅު ތައިމޫރް އާއި އެކީ ނިއު ދިއްލީއަށް ގޮސްފައެވެ.

ހަމައެހެންމެ އޭރު ނޫސްތަކުން ރިޕޯޓުކުރިގޮތުގައި، ސައިފް އާއި އަމްރީތާ މިކަމާއި ގުޅޭގޮތުން ވަނީ ޒުވާބު ކޮށްފައެވެ. އަދި ސާރާއަށް މިކަމެއް ކުރިމަތިވީ އަމްރިތާގެ ސަބަބުން ކަމަށްވެސް ސައިފް ބުނި ކަމަށްވެއެވެ.

މިވާހަކަތަކާއި ގުޅިގެން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ އަބަދުވެސް އޭނާގެ ދަރިންނާއިއެކު ހުރި ކަމަށެވެ. އަދި ތިން ދަރިން ދެކެ ވެސް އިންތިހާއަށް ލޯބިވާ ކަމަށެވެ.

“އެއީ ތެދެއް. އަހަރެން ގިނަ ވަގުތު ހޭދަކުރަނީ ތައިމޫރު އާއި އެކީ، އެކަމަކު އިބްރާހިމް އާއި ސާރާ އާއި ވެސް އަބަދުވެސް ގުޅުން އޮންނާނެ. އެތިން ކުދިންނަށް ވެސް ވަކި ވަކިން ހިތުގައި ޖާގަ އޮވޭ.” ސައިފް ބުންޏެވެ.

މީގެއިތުރުން ސައިފް ބުނީ ސާރާ އޭނާގެ ހިތުގައި ޖެހޭ ކަމެއް ކުރެވުމުން އެކަން ތައިމޫރާއި އެކީ އުޅުމުން ވަކި ރަނގަޅެއް ނުވާ ކަމަށެވެ. އެހެންކަމުން ކޮންމެ ކުއްޖަކީވެސް ތަފާތު އުމުރުގެ ކުދިން ކަމުން ކޮންމެ ކުއްޖަކަށް ވެސް ވަކިން ހާއްސަ ޖާގައެއް ހިތުގައި އޮންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!