ރިއާގެ ބަންދުގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކޮއްފި

އެންސީބީއިން ބަލަމުންދާ ޑުރަގުގެ މައްސަލައެއްގައި ހައްޔަރު ކޮއްފައިވާ ޒިލެބީގެ އެކްޓަރެސް ރިއާ ޗަކްރޮބަތީ އާއި އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރޮބަތީގެ ޖުޑިޝަލް ކަސްޓަޑީގެ މުއްދަތު 3 ވަނަ ފަހަރަށް އިތުރުކޮއްފިއެވެ.

ރިއާ އާއި އޭނާގެ ކޮއްކޮ ހައްޔަރު ކޮއްފައިވަނީ 14 ޖޫންގައި މަރުވެފައިވާ އެކްޓަރު ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތަޙުޤީޤުން ފެންމަތިވެގެން އައި ޑުރަގުގެ މައްސަލައެއްގައި ސެޕްޓެމްބަރު މަހުގެ 9 ގައެވެ. ފުރަތަމަ 22 ސެޕްޓެމްބަރަށް މުއްދަތު ޖަހާފާ ވާއިރު އެއަށްވުރެ ފަހުން 6 އޮކްޓޯބަރަށް މުއްދަތު އިތުރުކޮށް މިއަދު ވަނީ އެމުއްދަތަށް އިތުރު 14 ދުވަސް ޖަހާފައެވެ. މިއަދު އޮތް ކޯޓު އަޑުއެހުމުގައި އެދެމީހުންގެ ޖުޑިޝަލް ކަސްޓަޑީގެ މުއްދަތު 20 ސެޕްޓެމްބަރާއި ހަމައަށް އިތުރުކުރުމަށް އިންޑިއާގެ އެންޑީޕީއެސް ކޯޓުނވަނީ ނިންމާފައެވެ.

ރިއާ އާއި ޝޮވިކުގެ ވަކީލުވަނީ މި މައްސަލަ އިތުރަށް ބަލާ އެދެމީހުން ޖަލުން ނެރެދިނުމަށް އެދި ބޮމްބޭގެ ހައި ކޯޓަށްވެސް މައްސަލަ ހުށައަޅާފައެވެ. އެހެން ނަމަވެސް މައްސަލައަކީ ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލާއީ ގުޅުންހުރި ކަމެއްކަމަށްބުނެ ރިއާގެ ވަކީލު ހުށައަޅާފައިވާ މި މައްސަލައަށް ޖަވާބުދެމުން އޭއެސްޖީ އަނިލް ސިންގު ބުނެފައިވަނީ ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައާއި ރިއާ ހައްޔަރުކޮއްފައިވާ މައްސަލައާއި މިއީ މުޅިން ދެ މައްސަލައެއްކަމަށެވެ.

ރިއާ ހައްޔަރު ކޮއްފައިވަނީ އެއްވެސް ހާލެއްގައި އެކްޓަރުގެ މަރާއި ގުޅުންހުރި ކަމެއްގައި ތުހުމަތުކޮށް ނޫން ކަމަށާއި ރިއާ އާއި އޭނާގެ ކޮއްކޮ ހައްޔަރުކުރެވިފައިވަނީ ޑުރަގުގެ މުއާމަލާތް ކުރުމާއި ޑުރަގުގެ ވިޔަފާރި ކުރިކަމުގެ ހެކި ތަހުޤީޤަށް ލިބިފައިވާތީ ކަމަށްވެސް އަނިލް ބުނެފައިވެއވެ.

ރިއާ އަކީ ސުޝާންތު މަރުވިއިރު އޭނާގެ ލޯބިވެރިޔާއެވެ. އެދެމީހުން ދިރިއުޅެމުން ގޮސްފައިވަނީވެސް އެކީގައެވެ. އެހެން ނަމަވެސް ސުޝާންތު މަރުވުމުގެ ހަފްތާއެއްހާ ދުވަސްކުރިން ރިއާވަނީ ސުޝާންތުގެ ގެއިން ނިކުމެ އޭނާގެ މައިންބަފައިންކައިރިއަށް ބަދަލުވެފައެވެ.

އެހެން ނަމަވެސް ސުޝާންތު އާއިލާއިން ބުނަމުންދަނީ ސުޝާތުގެ މަރާއި ރިއާ އާއި ގުލުމެއްވާކަމަށެވެ. އެމައްސަލަ މިހާރު އަންނަނީ ސިބީއައި އިން ތަހުޤިޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!