ކާޖަލް ކައިވެނި ކުރަނީ، ދެން ދެފައި ތަޅާފަ ރޯނީކީ ނޫން!

ސައުތު އިންޑިއާގެ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރެސް ކާޖަލް އަގަރުވާލް މިހިގާމަހުގެ ކައިވެނިކުރަން ނިންނާފައިވާކަމަށް އޭނާ ހާމަކޮއްފިއެވެ. އިންޑިއާގެ ބޮޑު ވިޔަފާރިވެރިއެއްކަމަށްވާ ގޯތަމް ކިޗްލު އާއި  އޮކްޓޯބަރު 30 ގައި މުމްބާއީގައި ކައިވެނިކުރާނެ ކަމުގެ ޙަބަރު ކާޖަލް ދީފައިވަނީ އޭނާގެ އިންސްޓްގުރާމް މެދުވެރިކޮށެވެ.

އުފަލާއެކު މި ޙަބަރު ހިއްސާކުރަމުން ކާޖަލް ވަނީ އޭނާގެ ފޭނުންނަށް އިތުރު އުފާވެރި ހަބަރެއްވެސް ދީފައެވެ. ކައިވެންޏަށްފަހުވެސް ފިލްމު ކުޅުމާއި އެންޓަޓެއިންމެންޓުގެ ދާއިރާއާއި ދުރަށް ނުދާނެކަމަށްބުނެ ކާޖަލް ވަނީ އޭނާގެ ފޭނުންގެ ހިތަށް ހަމަޖެހުމެއް ގެނުވާފައެވެ. އަދި ހަމަ މި ޕޯސްޓުގައި މިހާތަނަށް އޭނާގެ މަސައްކަތަށް ސަޕޯރޓަރުންގެ ފަރާތުން ލިބުނު ލޯއްބާއި ތަރުޙީބަށްޓަކައި އޭނާވަނީ ޝުކުރުވެސް އަދާކޮއްފައެވެ.

View this post on Instagram

♾🙏🏻

A post shared by Kajal Aggarwal (@kajalaggarwalofficial) on

ކޮވިޑު 19ގެ ޕެންޑަމިކްގެ ސަބަބުން ކައިވެނި ފަސްކުރަން ބޭނުންނުވާތީ މިކައިވެނީގެ ހަފްލާ ވެގެންދާނީ  ވަރަށް ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުން އެކަނި ބައިވެރިވާ ކުޑަކުޑަ ހަފްލާއަކަށްކަމަށްވެސް ކާޖަލް ބުނެފައިވެއެވެ.

ކާޖަލް އަގަރުވާލުގެ ފިލްމީ ކެރިއަރަށް ބަލާލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ އިންޑިއަން2 އަދި ހޭ ސިނަމިކާ އިން ކަމަށް ރިޕޯރޓްތަށް ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!