48 ރަށެއްގައި ސޯލަރ ޕީވީ ހައިބްރިޑް ސިސްޓަމް ބޭނުންކުރަން ފަށައިފި

48 ރަށެއްގައި ސޯލަރ ޕީވީ ހައިބްރިޑް ސިސްޓަމް ބޭނުންކުރަން ފަށައިފިއެވެ.

މިއީ ހަކަތައިގެ ދާއިރާގެ އަދާހަމަތައް, 2018-2020 ގެ ދަށުން އެންވައިރަމެންޓް މިނިސްޓްރީއިން ފަށާފައިިވާ މަސައްކަތެކެވެ.

އެގޮތުން މި މަޝްރޫއު ގެ ދަށުން ޖައްވަށް ބޭރުވާ ވިހަގޭސްތައް މަދުކުރުމަށާއި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްގެ ތެރެއިން މީހުން ދިރިއުޅޭ 48 ރަށެއްގައި ގާއިމްކޮށްފައިވާ ސޯލަރ ޕީވީ ހައިބްރިޑް ސިސްޓަމް ބޭނުންކުރަން ވަނީ ފަށާފައެވެ. އަދި މަޝްރޫޢުގެ ދަށުން މިހާތަނަށް 48 ރަށެއްގައި ނިޒާމުތައް ވަނީ ގާއިމުކޮށް ނިމިފައެވެ.

މިއާއިއެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ މިންވަރު ވަނީ 21.5 މެގަވޮޓަށް އިތުރުވެފައެވެ.

މީގެ އިތުރުންވެސް ހަކަތައިގެ ދާއިރާގެ އަދާހަމަތައް, 2018-2020 ގެ ދަށުން އަންގާރަ ދުވަހު ދިވެހިރާއްޖޭއާއި ޔޫއޭއީއާއި ހަކަތައިގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!