އައްޑޫގައި ދޮންދީނި ހިމާޔަތް ކުރަން ކާޅު ނައްތާލުމުގެ ހުއްދަދީފި

އައްޑޫ ސިޓީގައި ކާޅުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަރިވެފައިވާ ކަމަށް ބުނެ އެ ސިޓީ ކައުންސިލުން ކާޅު މެރުމުގެ ހުއްދައަކަށް އެންވަޔަރަމަންޓް މިނިސްޓްރީގައި އެދިފައިވާއިރު އެކަމުގައި އެ ސިޓީ ކައުންސިލަށް ފެންނަ ގޮތަކަށް އަމަލުކުރުމުގެ ހުއްދަ މިނިސްޓްރީން ދީފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރިން ބުނީ އެ ސިޓީގެ އަވަށްތަކަށް ބަޔަކު ކާޅުތަކެއް ދޫކުރުމުގެ ސަބަބުން އައްޑޫގެ އެކި އަވަށްތަކުގައި އެ ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އަދި ދޮންދީނިތައް މަރާއި ޅަ ދޮންދީނިތަކާއެކު ކައި ހުސްކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. 

އެހެންކަމުން އައްޑޫ އިން ދޮންދީނި ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާތީ އައްޑޫގެ ތެރެއަށް ދޫކޮށްލާފައިވާ އެ ކާޅުތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ލަފައަކަށް އެދިފައިވާއިރު މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކާޅުގެ އުނދަގޫވާނަމަ، އެއީ ޕެސްޓެއްގެ ގޮތުގައި ބަލާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅިދާނެ ކަމަށެވެ. 

އަދި ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް ޕެސްޓް ކޮންޓްރޯލްކުރުމުގެ ގޮތުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެކަން ކުރުމުން މިނިސްޓްރީގެ އިއުތިރާޒެއް ނެތް ކަމަށް ބުނެފައިވެ އެވެ. 

އަދި އެ މަސައްކަތް ކުރުމަށް ކުރަންޖެހޭ މަސައްކަތެއް ކުރިއަށް ގެންދަން އަމަލުކުރަން ގަސްތުކުރާ ކަމެއް ތަންފީޒުކުރުމުގައި މިނިސްޓްރީގެ އެހީ ބޭނުންނަމަ، އެކަމެއް މިނިސްޓްރީއަށް އެންގުމަށް ވެސް ވަނީ ސިޓީގައި ފާހަގަކޮށްފަ އެވެ. 

އައްޑޫ ސިޓީގެ ދޮންދީނީގެ އާބާދީ ދެނެގަތުމަށް މިދިޔަ މަހުގެ ތެރޭގައި ސާވޭއެއް ކުރިއަށް ގެންގޮސްފައިވާއިރު ދޮންދީންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!