ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ހައްދުންމައްޗާހަމައަށް ވައިޓް އެލާޓް ނެރެފި

ކުރިއަށް އޮތް 24 ގަޑިއިރު ހުވަދުއަތޮޅާއި މާލެއަތޮޅާ ދެމެދު މޯސުންގޯސްވެ ވިއްސާރަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ހައްދުންމައްޗާ ދެމެދަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެސަރަހަގައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް އެލާޓް ނެރެފައިވަނީ މިރޭ އިރުއޮއްސި 18:00އިން ފެށިގެން މިރޭ 11 ޖެހުމާހަމައަށެވެ.

މިރޭގެ 8 އިން މާދަމާރޭގެ 8 އަށް މެދުރާއްޖޭތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާ، އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން ރަނގަޅުވާނެކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ވިދާޅުވިއެވެ.

ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށާއި އެހެން އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް އެއިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!