300 ކިލޯގެ ޑްރަގް ނައްތާލާއިރު އާންމުން ބައިވެރިކުރަނީ

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރު ގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާއިރު އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުން ބުނީ އޮބްޒާވަަރުންގެ ގޮތުގައި ބައިވެރިވާން އެދޭ އާންމުންނަށް މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދޭ މީހުން ހަތްވަނަ ދުވަހުގެ 2:00 ގެ ކުރިން ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ޕޮލިސް މީޑިއާ މެއިލް [email protected] އަށް މެއިލް ކުރަން ޖެހެއެވެ.

ފުލުހުން ބުނީ އޮބްޒާވަރުންނަށް ފުރުސަތު ދޭނީ މެެއިލްކުރާ ތަރުތީބުން ވަކި މިންވަރަކަށް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!