ވިޝާލް އާނަންދު މަރުވެއްޖެ

ބެލުންތެރިންގެ މެދުގައި މިހާރު ވެސް ވަރަށް މަގުބޫލު ލަވައެއް ކަމަށްވާ “ކަބީ އަލް ވިދަނާ ކެހެނާ” އިން ފެންނަ އެކްޓަރު ވިޝާލް އާނަންދު އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

އޭނާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ 82 އަހަރުގެ އެކްޓަރު އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި މަރުވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން ކަމަށެވެ. ނަމަވެސް މަރާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އާއިލާގެ ބަޔާނުގައި ބުނީ ވިޝާލަކީ 1976 ގެ ފިލްމު “ޗަލްތޭ ޗަލްތޭ” އިން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ އެކްޓަރެއް ކަމަށާއި ބެލުންތެރިން އަބަދު ވެސް އޭނާގެ މަތިން ހަނދާންކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. “ޗަލްތޭ ޗަލްތޭ” އަކީ “ކަބީ އަލްވިދަނާ ކެހެނާ” ލަވަ ވެސް ހިމެނޭ ފިލްމެވެ.

އަސްލު ނަމުން ނަމަ ބިޝަމް ކޯލީ އަކީ ކުރީގެ ލެޖެންޑަރީ އެކްޓަރު ދޭވް އާނަންދު އާއިލާގެ މެމްބަރަކެވެ. “ރޮކް އޮން” އާއި “މައި ބްރަދާ ނިކިލް” ފަދަ ފިލްމުތައް ކުޅުނު ބޮލީވުޑްގެ މިހާރުގެ އެކްޓަރު ޕޫރަބް ކޯލީ އަކީ ވިޝާލް އަށް ބޮޑުބޭބެ ކިޔާ ފަންނާނެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!