ގަމު ރީޖަނަލް ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ

މިމަހުގެ 10ވަނަ ދުވަހު ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ލ.މަގު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސް ޢަލީ ނަޝީދު ވިދާޅުވީ މިހާރު ކުރިއަށްދަނީ ސީޓީ ސްކޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފަހުގެ ތައްޔާރީތަކުގެ މަސައްކަތްތައްކަމަށެވެ. އެގޮތުން މެޝިން އިންސްޓޯލްކޮށް މިހާރު ކުރިއަށްދަނީ މެޝިން ޓެސްޓުކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ފަށާ މި ޚިދުމަތަކީ އެ ސަރަޙައްދުގައިވެސް އަލަށް ފަށާ ޚިދުމަތެކެވެ. ސީޓީ ސްކޭންއަކީ އާއްމުކޮށް ކުރާ ކުދި ޓެސްޓްތަކާއި ޚިލާފަށް، ހަށިގަނޑުގެ ބޮޑެތި ޓެސްޓުތައް ހެދޭ ޚިދުމަތެކެވެ. އެގޮތުން ލޭނާރުތަކާއި ކައްޓާއި އަދި އެހެނިގެން ގުނަވަންތަކުގެ ޒަމާނީ ތަޙުލީލުތައް ކުރެވޭ ޚިދުމަތެކެވެ.

“މިހާރު މިދަނީ މެޝިން ޓެސްޓުކުރަމުން. އަދި ރޫމްގައި ރޭޑިއޭޝަން ލީކް އުޅޭތޯވެސް ބެލުންފަދަ ކަންކަން މިކުރަނީ. މިމަހުގެ 10ވަނަ ދުވަހު ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުން.” އަލީ ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!