ކުޑަކުއްޖާ ގްރޫމްކުރި މީހާގެ ބަންދަށް 15 ދުވަސް

ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގަން އުޅުނު މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ. ލ) ހިމެނޭ އަތޮޅުގެ ރަށެއްގައި، އެކި ދުވަސް މަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ ޢަމަލު ހިންގުމަށް ހިތްވަރުދީ، ޖިންސީ ގުޅުން ހިންގަން އުޅުނުކަމުގެ ކަމުގެ މައްސަލައެއް 30 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ފުލުހުންނަަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 5 އޮކްޓޯވަރ 2020 ވަނަ ދުވަހު 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!