ކުޑަކުއްޖަކު ގްރޫމްކޮށް ޖިންސީގުޅުން ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސާދަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކޮށް ޖިންސީ އަމަލު ހިންގަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެކި ދުވަސް މަތީން ޖިންސީ އަމަލު ހިންގަން ހިތްވަރު ދީ އެފަދަ އަމަލު ހިންގަން އުޅުނު މައްސަލަ މިދިއަ ސެޕްޓަމްބަރު މަހުގެ 30 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ މެދު އަތޮޅުތަކުގެ ތ. އަތޮޅާއި ލ. ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!