ދެކުނުގެ އަތޮޅުތަކަށް ނެރުނު ވައިޓް އެލަރޓްގެ ވަގުތު އިތުރުކޮށްފި

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެދާނެތީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 7:00ން ފެށިގެން 12:00 އާއި ހަމައަށް ނެރެފައިވާ ވައިޓް އެލަރޓްގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އަންގާރަ ދުވަހުގެ ހަވީރު 5:00 އާއި ހަމައަށް މިހާރު ވަނީ އެލާރޓްގެ ވަގުތު އިތުރުކޮށްފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން އަންގާރަ ދުވަހުގެ ރޭގެ 8 ޖެހުމާ ހަމައަށް މެދު ރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެެ ބައެއް ރަށްތަކަކަށް ކެރީގެ އަސަރު ކުރުކުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 8 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!