އެއް ދުވަސްތެރޭ އައްޑޫ ހޮސްޕިޓަލުން މައިބަދައިގެ ފަސް އޮޕަރޭޝަންކޮށްފި

އެއް ދުވަސްތެރޭ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) މައިބަދައިގެ ފަސް އޮޕަރޭޝަން ކޮށްފިއެވެ.

އޭއީއެޗުން ބުނީ މި ފަސް އޮޕަރޭޝަން ކޮށްފައިވަނީ އިއްޔެ ކަމަށާއި، އެ ހުރިހާ އޮޕަރޭޝަންތަކެއް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓުގައިވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޔޫސުފް ޝާން އާއި ޑރ. މުހައްމަދު މުންޝިދުގެ ޓީމުން ކުރި މާބަދައިގެ ފަސް އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. 

ޑރ.ޔޫސުފް ޝާން އާއި ޑރ.މުހައްމަދު މުންސިފްގެ ޓީމަކީ ފުވައްމުލަށް ސިޓީ އާއި ތިނަދޫގައިވެސް މައިބަދައިގެ އޮޕަރޭޝް ކޮށްފައިވާ ޑޮކްޓަރުންނެވެ. 

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި އެންމެ ފުރަތަމަ މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. ކޯވިޑް-19 އާއި ގުޅިގެން ބަލިމީހުންނަށް މާލެ އައުމުގައި ދައިތަކާއި ދިމާވަމުންދާތީ އެހޮސްޕިޓަލުން އަންނަނީ މިފަދަ ބޮޑެތި އޮޕަރޭޝަންތަށް ކުރަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!