ފޮޓޯ: މިހާރު

އަބުރުގެ ބިލަކީ މީޑިއާތަކަށް އަމާޒުކޮށް ހަދާ ބިލެއް ނޫން: އޭޖީ އޮފީސް

ސަރުކާރުގެ ފާރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމި “އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް” އަކީ މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ހަދާ ބިލެއް ނޫން ކަމަށް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 03 ވަނަ ދައުރުގައި ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށަހަޅާނެކަމަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އޭގެތެރޭގައި އަލަށް ހުށަހަޅާ 19 ބިލެއް ހިމެނޭއިރު ”އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް“ ވެސް ހިމެނެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޓާރނީ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ޙުސައިން ޙަސަން ވިދާޅުވީ ”އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް“ ގެ ސަބަބުން ނޫސްވެރިންނަށް ނުރައްކަލެއް ނޯންނާނެކަމަށެވެ.

“މިހާރު ވެސް އޮތް ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި އޮންނާނީ ބިލު. ބިލަކީ ގަވައިދަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ހުށަހެޅި ބިލެއް،” އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ގަވައިދަށް އިޝާރާތް ކުރައްވައި ހުސެއިން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!