ފަރުވާއަށްފަހު ޓްރަންޕު ދޫކޮށްލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށް ފަހު ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެމެރިކާގެ ރައީސަށް ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކުރެއްވީ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުގައެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ ވޮލްޓާ ރީޑް މެޑިކަލް ސެންޓަރުގައި އެނދުމަތިކޮށް ފަރުވާދީފައެވެ. ހަސްފަތާލުގައި ތިން ދުވަސް ހޭދަކުރެއްވުމަށްފަހު އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހުގެ ވަގުތެއްގައި ރައީސް ޓްރަންޕުވަނީ އެނބުރި ވައިޓު ހައުސަށް ވަޑައިގެންފައެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕް ވައިޓްހައުސްގައި ހުރެގެން ކޮވިޑް-19 އަށް އަދި ފަރުވާ ހޯދާނެއެވެ.

ޓްރަމްޕް އެޑްމިޓް ކުރިއިރު އޮކްސިޖަން ލެވަލް ދަށްވެ، ހުން ގަދަވެ، ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތީ ވަރަށް ބޮދަށް ހީވެފައެވެ.

ރައީސް ޓްރަންޕު ހެލިކޮޕްޓަރުން ފައިބައިވަޑައިގަތީ މާސްކު ތުރުކުރައްވައިގެންނެވެ. ނަމަވެސް ވައިޓު ހައުސަށް ވަދެވަޑައިގަތުމުގެ ކުރިން މާސްކު ނަންގަވާ ފޮޓޮއަށްވަނީ ހުއްޓިވަޑައިގެންފައެވެ. ވައިޓު ހައުސް އެތެރެއަށް ވަދެވަޑައިގެންނެވިއިރުވެސް މާސްކު އޮތީ ޓްރަންޕުގެ އަތްފުޅުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!