ސޯނޫގެ އެހީ މިފަހަރު ދަރިވަރުންނަށް އިންޓަނެޓް ހޯދައިދިނުމަށް މޯބައިލް ޓަވަރެއް

ހިންދީ އަދި ސައުތް އިންޑިއަން ފިލްމްތަކުން މަޝްހޫރުވެފައިވާ ފިލްމު ސުޓާރ ސޯނޫ ސޫދު އަންނަނީ ކޮވިޑް-19 އާއި ގުޅިގެން ތަފާތު އެކި ގޮތްގޮތުން ހާލުގައި ޖެހިފައިތިބި މީހުނަށް އެހީވަމުންނެވެ.

އެގޮތުން ސޯނޫ އެންމެ ބޮޑަށް އެހީތެރިވެދީފައިވަނީ ހާލުގައި ޖެހިފައި ތިބި ރަށްރަށުން އައި މަސަތްކަތްތެރިންނަށެވެ. ހަމައެހެންމެ ސޯނޫވަނީ އެކި ގައުމުތަކުގައި ތިބި އިންޑިއާގެ ރައްޔިތުންނާއި ކިޔަވާކުދިން ލޮކްޑައުންގެ ތެރޭގައި އިންޑިއާއަށް ގެނައުމުގެ މަސައްކަތްވެސް ކޮށްދީފައެވެ. އަދި ވީވަރަކުން ވަޒީފާ ނެތް މީހުންނަށް ވަޒީފާވެސް ވަނީ ހޯދާދީފައެވެ.

ދާދި ފަހުން ވަނީ އިންޓަނެޓްގެ ރޭންޖު ދަށް ވެގެން ކުޑަކުއްޖަކު ގަހެއްގެ މަތީގައި އޮންލައިން ކްލާހެއް ނަގަމުންދާ މަންޒަރު ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. އެގޮތުން އެ ވީޑިއޯ ވަނީ ސޯނޫއަށް ވެސް ޓެގްކޮށްފައެވެ.

އެ ވީޑިއޯއާއި އެކު ސޯނޫ ވަނީ އިންޓަނެޓްގެ ކަނެކްޝަން ވަރުގަދަ ކުރުމަށްޓަކައި އެ ސަރައްދުގައި އޭނާގެ ހަރަދުގައި މޮބައިލް ޓަވަރެއް އަޅައިދޭނެ ކަމަށް ބުނެފައެވެ. ސޯނު ބުނީ މިކަމުގެ ސަބަބުން ކުދިންނަށް އިންޓަނެޓް ކަނެކްޝަން ވަރުގަދަވެގެން ދާނެ ކަމަށާއި، އިތުރަށް ދެން ގަސްތަކުގެ މަތީގައި ތިބެ އޮންލައިން ކްލާސް ނަގަން ނުޖެހޭނެ ކަމަށެވެ.

ސީނު އިތުރަށް ބުނީ ކުޑަކުދިންނަކީ މުސްތަގްބަލުގެ ދިރުން ކަމަށާއި، އެއްވެސް ކަހަލަ ހުރަހެއް އެކުދިންން ކުރަން ބޭނުންވާ ކަމަކަށް އައިސްގެން ނުވާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!