އޮފީހަށް ގެއްލުން ދީގެން ހައި ކޯޓަށް ކަންގަނާ ހުށައެޅި މައްސަލަ ބަލާގޮތަށް ހަމަޖައްސައިފި

ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އިން މަޝްހޫރު އެކްޓަރެސް ކަންގުނާ ރަނައުޓުގެ މުދަލަށް ގެއްލުންދީފައިވާކަމަށްބުނެ ބަދަލު ހޯދުމަށް އިންޑިއާގެ ހައި ކޯޓަށް ކަންގުނާ ހުށައަޅާފައިވާ މައްސަލަ އެކޯޓުން ބަލާގޮތަށް ހަމަޖައްސައިފިއެވެ.

މިމައްސަލައަކީ ޤަވައިދާއި ހިލާފަށްއިމާރާތް ކޮއްފައިވާ ތަނެއް ކަމަށްބުނެ ބީއެމްސީއިން ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަންގުނާގެ އޮފީހުގެ ބައެއް ތަޅާލާފައިވާތީ އެކަމުގެ ބަދަލު ހޯދުމަށް 9 ސެޕްޓެމްބަރުގައި ކަންގުނާ ހުށައަޅާފައިވާ ޕެޓިޝަނަކާއި ގުޅިގެން ބަލާ މައްސަލައެކެވެ.

ހައި ކޯޓަށް ހުށައަޅާފައިވާ މިމައްސަލައިގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 2 ކަރޯޑު ރުޕީސް ހޯދުމަށް ކަންގުނާ އެދިފައިވެއެވެ.

މިމައްސަލަ ކޯޓުން ބަލައިގަތުމާއި ގުޅިގެން ކަންގުނާ ބުނެފައިވަނީ އެ ނިންމުން އަޑުއިވުމުން އޭނާގެ ލޮލުން ކަރުނަ އޮހެރުނުކަމަށެވެ. އަދި އެހާބޮޑަށް އޭނާގެ ވީރާނާ ވަމުންދާ ގެއާއި މެދު ކޯޓުން ވިސްނީތީ ހިތްހަމަޖެހިއްޖެކަމަށެވެ.

ބީއެމްސީއިން އޭނާގެ އޮފީހުގެ ބައެއް ތަޅާލާފައިވާތީ ކަންގުނާ މީގެކުރިން ވަނީ ސަރުކާރުގެ ބައެއް އިސްވެރިންގެ ސަމާލުކަމަށް މި މައްސަލަ ގެނެސް އެކަމާ ޒިންމާވާންޖެހޭނެކަމަށް އޭނާ ދެކޭ ބައެއް މީހުންނަށް ވަރަށްބޮޑަށް ފާޑުވެސް ކިޔާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!