ނިހާ ކައްކަރު އާއި ރޯހަންޕްރީތް ކައިވެނިކުރަނީ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިހާ ކައްކަރު އާއި ރިއަލިޓީ ޝޯ “މުޖްޝޭ ޝާދީ ކަރޯގެ” ގެ ބައިވެރިޔެއް ކަމަށްވާ ރޯހަންޕްރީތް ސިންގް ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ނިހާ އާއި ރޯހަންޕްރީތް ދިމާވެފައިވަނީ ނިހާގެ ޝޯ ” ޑައިމަންޑް ކާ ޗައްލާ” އިން ނެވެ. އެއަށްފަހު އެދެމީހުން ވަނީ އެކަކު އަނެކަކަށް ސޯޝަލްމީޑިއާގައި ތައުރީފްކޮށްފައެވެ. ނިހާ ބުނި ގޮތުގައި ރޯހަންޕްރީތް ފަދަ ލޯބި މީހެއް އަދި ފެނިފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިދެ ލޯބިވެރިން އަންނަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 24 ގައި ދިއްލީގައި ކައިވެނި ކުރުމަށް ތައްޔާރުވަމުންނެވެ. މިދެ ތަރިން ލޮކްޑައުން ތެރޭގައި ވަނީ ދެމީހުންގެ ގުޅުން ވަރަށް ވަރުގަދަ ކޮށްފައެވެ. އެދެމީހުން ރއަޓެހިވެގެން މާ ގިނަ ދުވަހެއް ވެފައެއް ނުވެއެވެ.
މިކަމާއި ބެހޭ ގޮތުން އަދި ނިހާ ވެސް ރޯހަންޕްރީތް ވެސް ބަހެއް ބުނެފައެއް ނުވެއެވެ.