އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ގޮސް ކަރަންޓީނާއި ޙިލާފްވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތަށް ގޮސް ކަރަންޓީނު އުސޫލުތަކާއި ޙިލާފްވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ސެކިއުރިޓީ ގާޑް ދިރިއުޅެމުންދިޔައީ އެ މަސައްކަތް ކުރުމުގައި އުޅޭ 230 މުވައްޒަފުން ތިބި އެހެން ސައިޓެއްގައިކަމަށެވެ.

230މީހުން ތިބި ސައިޓުން އިތުރު މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ޑޮކްޓަރ ނަޒްލާ ވިދާޅުވީ މިމީހާ ކަރަންޓީންގައި މީހުންތިބި ސައިޓަށް ކޮންމެވެސްވަރަކަށް ގޮސްއުޅުމުންކަމަށް ހާމަވެފައިވާކަމަށެވެ. އަދި ހުއްދަ ނެތި ކަރަންޓީން ސައިޓަކަށް ދިއުމާ ގުޅިގެން އެކަން ބަލަންމުންދާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

“އެހެންވީމަ މިހާތަނަށް ނެގުނު 377 ސާމްޕަލްގެ ތެރެއިން ޖުމްލަ 56 ސާމްޕަލް މިވަނީ ޕޮޒިޓިވް ވެފައި. މިހާތަނަށް 85 ސާމްޕަލް ނެގެޓިވް. އަދި 74 ސާމްޕަލްގެ ނަތީޖާ ލިބިފައެއް ނުވޭ” ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގައި ތިބި މީހުންނާއި އެމީހުންނާއި ލިންކެއް އޮތް މީހުން ކަމަށާއި އަދި ކަރަންޓީނު އުސޫލުތަކާއި ވެސް މީގެތެރެއިން ބައެއް ފަރާތްތަކުން ހިލާފުވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!