އުތުރުގެ 6 ރަށެއް މޮނީޓަރިންއަށް

ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިރޭގެ ވަގުތެއްގައި ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި އަދި ހދ. ކުޅުދުފުއްޓާއި ހދ. ކުރިނބީގެ އިތުރުން ށ. ފުނަދޫ ވަނީ މޮނިޓަރިންގައި ކަމަށެވެ. 

އެރަށްރަށް މޮނިޓަރިންނަށް ގެެނެސްފައި ވަނީ ކުޅުދުއްފުށީގައި މަަސައްކަތްކުރާ ފުލުހަކު ޕޮޒިޓިވްވެފައިވާތީ ކަމަށާއި އެމީހާއަކީ މާލެއަށް ދަތުރުކޮށްފައިވާ ފަރާތެއް ނޫން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

އޭގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެރަށްތައް މޮނިޓަރިންނަށް ގެނައީ އަތޮޅު ތެރޭގެ އެކި ސްޓޭޝަންތަކަށް އެމީހާ ދަތުރުކޮށްފައިވާތީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!