ކުޅުދުއްފުށްޓަށް އަރައި ފޭބުން މަނާކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިން އަށް ލައިފި އެވެ.

އެޗްޕީއޭ މިރޭ ބުނީ ކުޅުދުއްފުށްޓަށް އަރައި ފޭބުން މަނާކޮށްް މޮނިޓާ ކުރަން ފެށީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ. އެގޮތުން އެ ރަށަށް އަރާ ފޭބުން މަނާކުރީ މިރޭ 9:15 އިން ފެށިގެންނެވެ.

މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީން މިހާރުވަނީ ކުޅުދުއްފުށި ކައުންސިލްގެ އިދާރާއަށް ފޮނުވާފަ އެވެ.

އެރަށްރަށް މޮނިޓަރިންނަށް ގެެނެސްފައި ވަނީ ކުޅުދުއްފުށީގައި މަަސައްކަތްކުރާ ފުލުހަކު ޕޮޒިޓިވްވެފައިވާތީ ކަމަށާއި އެމީހާއަކީ މާލެއަށް ދަތުރުކޮށްފައިވާ ފަރާތެއް ނޫން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!