ކުރިނބީން މީހަކު ކޮވިޑަށް ޕޮޒިޓިވް

ހދ. ކުރިނބީން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ، ހދ. ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.

އޮންލައިން ނޫސް “ފެށުން” ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ކުރިނބީން ކޮވިޑަށް ޕޮޒިޓިވްވި ފަރާތް އިއްޔެ، ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ، ބަލީގެ އަލާމާތްތައް ފެންނާތީ ކޮވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޓްސްޓްގެ ނަތީޖާ “ޕޮޒިޓިވް”ކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ މިއަދުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!