ތާޒާ ފެން އޯޑަރު ކުރަން 1619

އައިލެންޑް ބެވަރެޖް މޯލްޑިވްސްގެ ފަރާތުން އުފައްދާ ތާޒާ ބްރޭންޑްގެ ފެނަށް އޯޑަރު ކުރުމަށް ކުރު ހޮޓްލައިނެއް ކަމަށްވާ 1619 މިއަދު ތައާރަފުކޮށްފި އެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބުނީ މިއަދު ލޯންޗް ކުރި ޝޯޓް ކޯޑް (1619) ނަންބަރަކީ އެ ކުންފުނީގެ ކަސްޓަމަރުން ތާޒާ ފެނަށް އޯޑަރ ކުރުމަށް ފަސޭހަކޮށްދިނުމަށް ތަޢާރަފް ކޮށްފައިވާ ނަންބަރެއްކަމަށެވެ.

މި ނަންބަރު ރަސްމީކޮން ލޯންޗް ކޮށްފައިވަނީ މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އައި.ބީ.އެމް.ގެ ޗެއާރމަން އަދި އެމް.ޑަބްލިޔް.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހުއެވެ.

ކޮވިޑް-19 އާ ގުޅިގެން ތާޒާ ފެން ޑެލިވަރީ ކުރުމުގެ ކަންތަކާއި އެ ފެން ހޯދުމަށް އާންމުނަށް ގިނަ ފަސޭހަތަކެއް ވަނީ ކޮށްދީފައެވެ. އެގޮތުން ހާއްސަ ފޯމެއް އޮންލައިންކޮށް ފުރައިގެން އަދި ވައިބާ ބޭނުންކޮށްގެންވެސް ފެނަށް އޯޑަރުކުރުމުގެ ހިދުމަތް ވަނީ މީގެކުރީން ތައާރަފުކޮށްފައެވެ.

މިއަދު ހޮޓްލައިން ތައާރަފުކޮށްފައިވާއިރު އެ ހިދުމަތަކީ ރައްޔިތުންނަށް ފެން އޯޑަރު ކުރުމަށް އިތުރަށް ފަސޭހަ ގޮތެއް ތައާރަފުކުރުމަށް ލޯންޗުކުރި ހޮޓްލައިނެއް ކަމަށް އައިލެންޑް ބެވަރެޖް އިން ބުނެއެވެ.

މީގެކުރީން ތާޒާ ފެނަށް އޯޑާ ކުރުމަށް ގުޅަން ޖެހޭ ހޮޓްލައިން އަކީ 9885544 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!