ތިނަދޫ މެޑިކަލް ފެސިލިޓީގެ 45 ޕަސެންޓު މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ތިނަދޫގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށްއޮތް ދިހަވަރަލަށްދުވަހުގެތެރޭގައި ނިންމާލެވޭނެކަމަށް އެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ މި މަސައްކަތުގެ %45 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އުންމީދަކީ މިމަހުގެ 14ވަނަ ދުވަހަށް ޢިމާރާތުގެ ހުރިހާ މަސައްކަތްތައް ނިންމުންކަމަށެވެ.

ތިނަދޫ މެޑިކަލް ފެސިލިޓީއަކީ މިވަގުތު އަތޮޅުތަކުގައި މަސައްކަތް ކުރިއަށްދާ ހަމައެކަނި ފެސިލިޓީއެވެ. ގދ.ތިނަދުއަށް ކުރެއްވި ދަތުރުފުޅެއްގައި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލްއާއި، ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްވަނީ ޕްރޮޖެކްޓް ސައިޓަށް ޒިޔާރަތްކުރައްވައި މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި މަސައްކަތް ކުރިއަށްދާގޮތާއި، ފެސިލިޓީއާ ގުޅޭ މަޢުލޫމާތުވަނީ އޮޅުންފިލުއްވާފައެވެ.

ތިނަދޫގައި ހަދާ ކޯވިޑް-19 މެޑިކަލް ފެސިލިޓީއަކީ 22އެނދުގެ ޖާގައިގެ މެޑިކަލް ފެސިލިޓީއެކެވެ. މިމެޑިކަލް ފެސިލިޓީގައި ކަރަންޓީން ފެސިލިޓީއާއި، ބަލިމީހުންނަށް އެންޑްމިޓްކޮށްގެން ޚިދުމަތްދިނުމާއި، އަދި އައިސީޔޫގެ ޚިދުމަތްވެސް ޤާއިމުކުރާނެއެވެ. މާލެ ސަރަޙައްދުގެ އިތުރުން މުޅި ރާއްޖެ ހިމެނޭހެން 5 ސަރަހައްދުގައިވަނީ މެޑިކަލް ފެސިލިޓީގެ ޚިދުމަތް ޤާއިމުކޮށްފައެވެ. ޓްރާންސިޓް މެޑިކަލް ފެސިލިޓީގެ ޚިދުމަތް ދެ ރަށަކުން އަންނަނީ ދެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!