131 ގައިދީންނާއެކު ޤިރާއަތު ލެވެލް ތިނެއް ގެ ކޯސް މާފުށީ ޖަލުގައި ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ކީރިތި ޤުރުއާން ކިޔަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް ޚާއްސަކޮށް ހިންގާ ޤިރާއަތު ކޯހުގެ ލެވެލް ތިނެއް ގެ ފަސް ބެޗް މާފުށި ޖަލުގައި ފަށައިފިއެވެ.

ހަތް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރްއާން އެންޑް ސުންނަތާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ކޯހުގައި ބައިވެރިވެވޭނީ ޤިރާއަތު ލެވެލް ދޭއް ފުރިހަމަކޮށްފައިވާ ޤައިދީންނަށެވެ.

އެ ކޯހުގައި ޖުމްލަކޮށް 131 ގައިދީން ފަސް ބެޗްގައި ބައިވެރިވެފައިވާކަމަށް ކަރެކްޝަންސްއިން ބުނެއެވެ. އެގޮތުން ބެޗް ހައެއް ގައި 19 އަންހެން ގައިދީން ބައިވެރިވެފައިވާއިރު، ބެޗް ހަތަކާއި ނުވައެއް ގައި 28 ގައިދިން ބައިވެރިވެފައިވެއެވެ. އަދި ބެޗް އަށެއް ގައި 29 ގައިދީންނާއި ބެޗް 10 ގައި 27 ގައިދީން ބައިވެރިވެފައިވާކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ކަރެކްޝަންސްއިން ބުނީ ޤިރާއަތު ކޯހުގެ ލެވެލް ތިނެއް ނިމޭއިރު ކީރިތި ގުރުއާންގެ 30 ވަނަ ފޮތް ތަޖުވީދުމަގުން ހިތުން ކިޔަން އެނގިގެން ދާނެކަމަށާއި އަރަބި ހުރިހާ އަކުރެއްގެ މަޚްރަޖާއި ސިފަތައް ބުނެދޭން އިނގުމުގެ އިތުރުން، މަހްރަޖު ތަކަށް ބޭނުންވާ ބައިތަކާއި އެބައި ތަކުގެ ތަފްސީލް އަދި ތަޖްވީދުގެ އާންމު ހުރިހާ ގަވައިދެއް އެނގިގެންދާނެކަމަށެވެ. އޭގެ އިތުރުން އަހްލާގީ ރިވެތި ސިފަތައް ވެސް އެ ކޯހުގައި އުނގަންނައި ދެވޭނެކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މި ކޯސް ފުރިހަމަ ކުރާ ޤައިދީންނަށް ސެޓްފިކެޓް ހަތަރެއް އިން ޤިރާތް ކޯސް ހެދުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!