ޑްރަގު މައްސަލައިގައި ދީޕިކާ ހިމެނޭ ގޮތަށް ގިނަ ތަރިންތަކަކާއި ސުވާލުކުރި އެންސީބީ އޮފިޝަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތަޙުޤީޤުން ފެންމަތިވެގެން އައި ބޮލީވުޑުގެ ޑުރަގުގެ މައްސަލަ އެންސީބީއިން ބަލަމުން ދާތާ މިހާރު ދެތިން ހަފްތާވަނީ ވެފައެވެ. އެމައްސަލައިގައި ތުހުމަތުކުރެވި ޑުރަގުގެ މުއާމަލާތް ކުރިކަމަށް ސާބިތުވެ ސުޝާންތު ސިންގު ރާޖުޕުތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަތީ ،ރިއާގެ ކޮއްކޮ ޝޮވިކް ޗަކްރޮބަތީ، އަދި ސުޝާންތުގެ ހައުސްމެނޭޖަރާއި ނޯކަރުވެސްވަނީ ހައްޔަރު ކޮއްފައެވެ. 

އަދި އެންސީބީއިން ވަނީ މި މައްސަލައިގައި އިތުރު ބޮލީވުޑުގެ ތަރިންވެސް ތަޙުޤީޤަށް ހާޒިރު ކޮއްފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު މަޝްހޫރު އެކްޓަރެސް ދީޕިކާ ޕަޑުކޯންއާއިވެސް މި މައްސަލައިގައިވަނީ ސުވާލުކޮއްފައެވެ.

އެހެންނަމަވެސް ތަހުޤީޤުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދަމުންދިޔަ މި އިދާރާގެ ޑެޕިއުޓީ ޑިރެކްޓާރު ކޭޕީއެސް މަލްހޯތުރާ ވަނީ ކޮވިޑު 19 އަށް ޕޮޒިޓިވް ވެފައެވެ. ރިޕޯރޓުތަށް ބުނާގޮތުގައި މަލްހޯތުރާއަކީ ބޮލީވުޑުގެ ޑުރަގު މައްސަލަ ބެލުމުގައި އެންމެ އިސްކޮށް ހަރާކާތްތެރިވާ އެއް އޮފިޝަލެވެ. މަލްހޯތުރާ ޕޮޒިޓިވް ވުމާ ގުޅިގެން ކުރިން އެންސީބީގެ މަސައްކަތް ކުރިއަށް ގެންދިޔަ ބާރު މިނުގައި ކުރިއަށް ނުގޮސް ކޮންމެސް ވަރަކަށް މަޑުޖެހިދާނެކަމާމެދު ސުވާލު އުފެދެއެވެ.

އަދި މި އޮފިޝަލަކީ ދީޕިކާ ،ޝުރަދާ ،ސާރާ ،ރަކުލް ގެ އިތުރުން އެހެން ބައެއް ތަރިންގެ ތަހުޤީޤުގައި އެތަރިންނާ ސުވާލުކޮށް ބަޔާން ނެގުމުގެ މަސައްކަތް ކޮއްފައިވާ މީހަކަށް ވާތީ މިތަރިންގެ ފޭނުންދަނީ އެތަރިންނަށް އޮފިޝަލުގެ ފަރާތުން ބަލި ވާރުތަކޮއްފައިވެދާނެތީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!