އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި 4 މައްސަލައަކާ މެދު މަޝްވަރާކޮށް ނިންމުންތައް ނިންމައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު ބައްދަލުވުމުގައި 4 މައްސަލައަކާ މެދު މަޝްވަރާކޮށް އެކަމާމެދު ނިންމުންތައް ނިންމައިފިއެވެ.

އެގޮތުން އާދީއްތަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި ވަނީ ފަސް މެންބަރުން ބައިވެރިވެފައެވެ. އަދި ހަތަރު މައްސަލައަކާ ގުޅިގެން ގޮތެއް ވަނީ ވަނީ ނިންމާފައެވެ.

އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ގޮތުންނެވެ. މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން މި މައްސަލަތައް ސީއީއީ އިތުރަށް ބައްލަވާ މިއީ އެ އޮތޯރިޓީއިން އިންކުއަރީއެއް ހަދަން ޖެހޭ ކަމެއް ކަމަށް ސީއީއޯއަށް ފެނިލައްވާނަމަ މައްސަލަ އަލުން ބޯޑަށް ގެނައުމަށް ވަނީ ނިންމާފައެވެ.

އަދި ތ. މަޑިފުށީ ކައުންސިލުން ބޯޑުގެ ނިންމުން ތަންފީޒު ކުރުމާ މެދު އަމަލު ކުރަމުންދާ ގޮތައް ބެލުމަށްފަހު އެއާއި މެދު މަޝްވަރާކޮށް ބޯޑުން ގޮތެއް ނިންމުމާ މެދު ވެސް ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން މިކަމާމެދު ބޯޑުން ކުރިން ނިންމަވާފައިވާ ގޮތަށް ތ. މަޑިފުށީ ކައުންސިލްގެ އައު އިމާރާތް އެޅުމަށް މިހާރު އެވޯޑް ކުރެވިފައިވާ ކުންފުންޏާއެކު އެ ކަނޑައެޅިފައިވާ ސަރަހައްދުގައި މަސައްކަތް ކުރިޔަށް ގެންދެވޭނެ އިންތިޒާމް އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިއުމަށް ތ. އަތޮޅު ކައުންސިލަށް ދެންނެވުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެސް ސ. ހިތަދޫ ބަނދަރު ސަރަހައްދުން ވިޔަފާރީގެ ބޭނުމަށް ވެއަރހައުސް ގުދަން ގާއިމްކުރުމަށް 20,000 އަކަފޫޓުގެ ބިން ދޫކުރުމުގެ މައްސަލައާމެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.

އަދި ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ ރައީސާއި ގުޅޭގޮތުން އެ އަތޮޅު އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ މައްސަލާއިމެދު މަޝްވަރާ ކުރުމަށްފަހު ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ ރައީސާއި ގުޅޭގޮތުން އެ އަތޮޅު އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތައް އިތުރަށް ބެލުމަށް އިންކުއަރީއެއް ހެދުމަށް ސީ.އީ.އޯއަށް ފެނިލައްވާނަމަ، އިންކުއަރީއެއް ހެދުމަށް ހުއްދަ ދިނުމަށް ވެސް މި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!