ޑްރަގްސް އެތެރެކުރި ބިދޭސީން ޝަރީއަތް ނިމެންދެން ބަންދަށް

އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގަތް ހަތަރު ބިދޭސީން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނު ހަތަރު މީހެކެވެ. އެއީ އަހްސަން އުލް ހަސަން، 30، މުހައްމަދު އަލީ ބާއިގް، 41، މުހައްމަދު ސާދު ވަރްސީ، 22 އަދި އަބްދުﷲ އަލީ ހަސަން، 34، އެވެ. މި އެންމެންނަކީ ވެސް މިދިޔަ މަހުގެ 11 ވަނަ ދުވަހު ހެނދުނު ރާއްޖެ އައި ބައެކެވެ.

އެއާޕޯޓުން އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް މި ހަތަރު މީހުން ގެންގޮސް ހޮސްޕިޓަލުގައި ތިބި އިރު އެ މީހުން ބޮޑުކަމު ދިޔަ ތަކެތިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 81 ބުލެޓު ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

މި މީހުން އަތުލައިގަތީ އެއާޕޯޓުން ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެ އިތުރަށް ސުވާލުކޮށް ބެލި ބެލުމުން އެ މީހުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ބެލެވިގެން ހިންގި ތަހުގީގުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!